ބީ އެފް
ސްކިނާގެ ތިއަރީގައި ޝައުޤުވެރިކަން ގުޅުވާފައި ވަނީ ތަރުޙީބު ދިނުމާއި ހިތްވަރު
ދިނުމާ އެވެ. ސްކިނާގެ ނަޒަރުގައި ކުދިންގެ ކިބައިން ފެންނަ ރަނގަޅު ސުލޫކުތަކަށް
ހިތްވަރުދީ ހެދުމުން އެކަން ތަކުރާރު ކުރުމުގެ ޝައުޤުވެރިކަން ހިތުތެރޭގައި އުފެދެ
އެވެ. ޝައުޤުވެރިކަން ގުޅިފައިވަނީ ތަފާތު ހިތްހަމަޖެހޭ ކަންކަމާއި ގުޅިގެން
ކުރެވިފައިވާ ތަޖުރިބާތަކާއި، އަދި ހިތްހަމަ ނުޖެހޭ ކަންކަމާއި ގުޅިގެން
ކުރެވިފައިވާ ތަޖުރިބާތަކުގެ މައްޗަށް ބިނާކޮށެވެ. ސްކިނާގެ ނަޒަރިއްޔާގައި
ހާމަކޮށްފައިވަނީ ދަރިވަރަކު އަމިއްލައަށް ވަކި މާއްދާއަކާ ގަޔާވުމާއި ނުވުން
ގުޅިފައިވަނީ މިފަދަ ތަޖުރިބާތަކާ ކަމުގައެވެ. މިސާލަކަށް، ހިސާބު ކުލާހަށް
އެއްބަޔަކު ވަރަށް ގަޔާވެގެން ވަންނަ އިރު އަނެއް ބަޔަކަށް އެއީ ޖަލަކަށް ދިއުން
ފަދަ ކަމެކޭ ހީވުމަކީ އެކަށީގެންވާ ކަމެކެވެ. ސްކިނަރ ހާމަކުރައްވާ ގޮތުގައި މި ފަދަ
އިޙުސާޞްތައް ގުޅިފައި ވަނީ ކުރިން ކުރެވިފައިވާ ތަޖުރިބާގެ މައްޗަށެވެ. މިހެން
ދިމާވާ ސަބަބުތައް ވަރަށް ގިނަ އެވެ. ގިނަފަހަރަށް މިގޮތަށް ދިމާވަނީ ކުރިން
ކުރިމަތިވެފައިވާ ތަޖުރިބާއެއްގެ ސަބަބުންނެވެ. ހިސާބު ކުލާހާ ގަޔާވާ ކުދިންގެ
ސުލޫކު ގުޅިފައިވާނީ ކުރިން ކުރެވިފައިވާ ހިތްހަމަޖެހޭ އެތައް ގިނަ
އިޙްސާސްތަކާއެވެ. ހަމައެހެންމެ، އެކުލާހާ ގަޔާނުވާ ދަރިވަރުންގެ ސުލޫކާއި
އިޙްސާސްތައްވެސް ގުޅިފައިވާނީ ކުރިން ކުރެވިފައިވާ ހިތްހަމަނުޖެހޭ، އުނދަގޫ
ތަޖުރިބާތަކާއެވެ. ސްކިނާރގެނަޒަރުގައިއިނާމުދީގެންމިފަދަކަންކަމުގައިޝައުޤުވެރިކަންއިތުރުކުރެވިދާނެއެވެ. ނަމަވެސްއިނާމުދިނުމުގައިސަމާލުކަންދޭންޖެހޭތިންކަމެއްވެއެވެ. ފުރަތަމަކަމަކީ،ކުދިންއަމިއްލައަށް
ޝައުޤުވެރި ނުވާ ކަންކަމުގައި އިނާމު ދިނުމެވެ. ދެވަނަ ކަމަކީ، އިނާމު ކަނޑައެޅި
ކަންކަން ފުރިހަމަކުރި މިންވަރަށް ބަލައިފައި އިނާމު ދިނުމެވެ. ތިންވަނަ ކަމަކީ،
ދެވޭ އިނާމަކީ ކުރާ މަސައްކަތް ފުރިހަމަ ކުރުމަށް ބާރުއަޅާ ފަދަ ގޮތަކަށް ދެވޭ
އެއްޗަކަށް ވުމެކެވެ.
އަލްބަޓް ބަންޑޫރާގެ ތިއަރީ
ބަންޑޫރާ
ދެކޭ ގޮތުގައި ކަންކަން ދަސްކުރަނީ ބަލައިގެން، ނަކަލު ކޮށްގެން، އެހެން މީހުންގެ
އެފަދަ ތަޖުރިބާތައް އަޑުއަހައިގެން، ދެނެގަނެވިގެން، ފެނިގެން ފަދަ ގޮތްގޮތަށެވެ.
މިސާލަކަށް، ބޭބެމެން ދައްތަމެން ރަނގަޅު ނަތީޖާ ހޯދުމުން ލިބޭ އުފާވެރިކަމާއި
އިނާމުތައް ފެނި އެކަން އިޙްސާސްކުރެވި ހަގަށް ތިބޭ ކުދިން އެކަން ހޯދުމަށް ބާރު
އަޅާ މަސައްކަތް ކުރެއެވެ. ނުވަތަ ކިޔަވައިދިނުމުގެ ތަޖުރިބާގެ ދުވަސްވަރު، ޢަލީގެ
ކިޔަވައިނުމާމެދު ލެކްޗަރަރ ހިންހަމަޖެހުނު ވާހަކަ ދެއްކުމުން އެކަން އަޑުއަހަން
ހުރި މުޙައްމަދު އޭނާގެ ކިޔަވައިދިނުމުން އެކަންކަން ރަނގަޅުކުރުމަށް
މަސައްކަތްކުރެ އެވެ. މި ހާލަތުގައި ކަންތައް އެ ހިނގަނީ ބަންޑޫރާ ދެކޭ ފަދައިން
އެހެންމީހުންގެ ތަޖުރިބާތައް އަޑުއަހައި ދެނެގަނެވިގެންނެވެ.
ހިޔުމަނިސްޓުންގެނަޒަރިއްޔާ އާއި ޝައުޤުވެރިކަން
ހިޔުމަނިސްޓުން
ދެކޭ ގޮތުގައި އިންސާނުންގެ ޝައުޤުވެރިކަމާއި ގުޅިފައިވަނީ އޭނާގެ ބޭނުންތަކާ
އެވެ. މިގޮތުން މި ވިސްނުމުގައި އެންމެ ފާހަގަކޮށްލެވޭ އެއް ބޭފުޅަކީ އަބްރަހަމް
މާސްލޯ އެވެ. އަބްރަހަމް މާސްލޯ ހާމަކޮށްފައިވާ ގޮތުގައި، އިންސާނާގެ
ޝައުޤުވެރިކަމާ ގުޅިފައިވާ ބޭނުންތައް ތަރުތީބުން ތިން ބަޔަކަށް ބަހާލެވެއެވެ.
އެއީ، އަސާސީ ބޭނުންތަކާއި، ނަފްސާނީ ބޭނުންތަކާއި، ނަފުސުގެ ފުރިހަމަކަމަށް
ބޭނުންވާ ބޭނުންތަކެވެ. މިގޮތުން، އަސާސީ ބޭނުންތަކުގެ ތެރޭގައި މާސްލޯ
ފާހަގަކޮށްފައިވަނީ ހަށިގަނޑަށް ބޭނުންވާ ބޭނުންތަކެވެ. މީގެތެރޭގައި ކާނާ، ފެން،
އަޅާލުން އަދި އަރާމު ހިމެނެއެވެ. އެއަށްފަހު އަމާންކަމެވެ. އަސާސީ
ބޭނުންތަކަށްފަހު ދެ ބޭނުން ވަނީ ނަފުސާނީ ބޭނުންތަކެވެ. މީގެ ތެރޭގައި ލޯތްބާއި
އަޅާލުމާއި ކަރާމާތަށް ބޭނުންވުން ހިމެނެއެވެ. ނަފަސާނީ ބޭނުންތަކަށްފަހު
ބޭނުންވާނީ ނަފުސުގެ ފިރިހަމަކަމަށް ބޭނުންވާ ބޭނުންތަކެވެ. މިބައިގައި
އަމިއްލައަށް ޙާޞިލުކުރުމަށް ބޭނުންވި ކަންތައްތައް އަމިއްލަ އަށް ޙާޞިލްވިކަމުގެ
އިޙުޞާސް ކުރެވޭނެ އެވެ. މާސްލޯ ހާމަކުރައްވާ ގޮތުގައި އޭނާގެ އަޙުރާމުގެ ތިރިން
މައްޗަށް އަރަމުންދާއިރު ހުއްޓުމެއް އައިސްފިނަމަ އެ ހިސާބުން ޝައުޤުވެރިކަމަށް
ނޭދެވޭ އަސަރު ސީދާގޮތުންނާއި ނުސީދާ ގޮތުން ކުރާނެ އެވެ.
ކޮގްނިޓިވް ނަޒަރިއްޔާތުތަކާއި ޝައުޤުވެރިކަން
މި ތިއަރީތައް ގުޅިފައިވަނީ މީހުން ޤަބޫލުކުރާ ކަންކަމާއި، ޙާޞިލުކުރުމަށް
ބޭނުންވާ އުއްމީދުތަކާއި އަންދާޒާ ކުރެވޭ ގޮތްތަކާއި އަދި ވިސްނުމާއެވެ. މި
ތިއަރީތަކުގައި ހާމަކުރާ ގޮތުގައި މީހުންގެ ސުލޫކު ގުޅިފައިވަނީ އެމީހުން ވިސްނާ
ވިސްނުންތަކާ އެވެ. އެއްވެސް ހާލަތެއްގައި ކުރިން މީހަކު ދިން އިނާމަކުން ނުވަތަ
ދިން އަދަބަކުން ވަކިކަހަލަ ސުލޫކެއްގެ މަތީގައި ދެމި ހުރުމަށް މީހާގެ ޢަޒުމް
ކަނޑައެއް ނޭޅޭނެ އެވެ. މި ރަޢުޔުގެ މީހުން ސިފަ ކުރެވެނީ ބަދަހި ރޯލެއް އަދާކުރާ
އަމިއްލައަށް މަޢުލޫމާތު ހޯދާ އުނގެނުމަށް މަސައްކަތް ކުރާ އަދި މައްސަލަތައް
އަމިއްލައަށް ޙައްލުކުރާ ފަތާތްތަކެއްގެ ގޮތުގަ އެވެ. މި ވިސްނުމާއި ޖުމުލަ ހަތަރު
ނަޒަރިއްޔާއެއް ގުޅިފައި ވެއެވެ. މި ވިސްނުމާއި ގުޅިފައިވާ ނަޒަރިއްޔާތުތައް
ތިރީގައި އެވަނީ އެވެ.
1. އެކްސްޕެކްޓެންސީ
މިއީޙާޞިލުކުރަންބޭނުންވާކަންކަމާއިއުންމީދުތަކާއިގުޅިފައިވާތިއަރީއެވެ. މި
ތިއަރީ ބުނާގޮތުން ކުއްޖާއަށް ލިބޭނަތީޖާގެ ސަބަބުން ރަނގަޅުއެއްޗެއް ޙާޞިލު ވާންޖެހޭނެއެވެ. ހަމައެއާއެކު،
އެޙާޞިލްވި އެއްޗަކީ އޭގެއަގު ވަޒަންކުރެވޭ އެއްޗަކަށް ވާން ޖެހޭނެ އެވެ. ކުރާ މަސައްކަތް ރަނގަޅު
ނަތީޖާއަކާ ހަމައަށް ގެންދިއުމަކީ މީގެ މިސާލެކެވެ.
2. ސެލްފު އެފިޝަންސީ
މިތިއަރީ ގުޅިފައި ވަނީ ކުއްޖާގެ އަމިއްލަ ޤާބިލުކަން ދެނެގަނެވި އަންދާޒާ ކުރެވިފައިވާ
މިންވަރާއި އެބޭނުންވާ ކަމެއްކުރުމަށް އޭގެސަބަބުން އުފެދޭ ޝަވްޤުވެރިކަމާ އެވެ. މިސާލު:
ވަކި ކަމެއް ތިމާއަށް ކުރެވިދާނެކަން އިޙުސާޞް ކުރުވުމުން ޝައުޤުވެރިކަން
އިތުރުވެއެވެ. ހަމަ މި އުޞޫލުން އެ ކަމެއް ނުވާނޭކަން އަންދާޒާ ކުރެވޭ ހިނދު
އެކަމަށް އޮންނަ ޝައުޤުވެރިކަން ދަށް ވެސް ކުރެވެ އެވެ.
3. ގޯލް އެންޑް ގޯލް އޮރިއެންޓޭޝަން
ލަނޑުދަނޑިއަކީ މީހުން އެކަމެއްޙާޞިލްކުރުމަށްޓަކައި އުންމީދުތަކެއް ކުރުވައި
އެކަމަށް ޝައުޤުވެރިކަން އިތުރުވާ އެއްޗެކެވެ. މިސާލު: މި މާއްދާގެ ކޮންމެ މަޢުޟޫއެއް ވަރަށް ރަނގަޅަށް ފަހުމް ވެއްޖެ އެވެ.
އެހެންކަމުން، އަހަރެންގެ ރައްޓެހި ޢަލީގެ މާކުހަށް ވުރެ މަތީ މާކުހެއް ދެވަނަ
ޓާމުގައި ހޯދާނަމެވެ.
4. އެޓްރިބިޔުޝަން
މިއީ
ކަމެއްކުރުމަށް މެދުވެރިވާ ސަބަބުތައް އެކަމެއް ޙާޞިލްކުރުމަށް ޝައުޤުވެރިކުރުމާއި،ގުޅިފައިވާ
މިންވަރެވެ. މިސާލު: 1. އަމިއްލަ ކަމަކުން އަސަރުކުރުވާ ދާއިމީ ގޮތުން އެ ގޮތެއްގައި
ހުރުމުން ކޮންޓްރޯލް ކުރެވެ އެވެ. (މަލްޓިޕްލް ޗޮއިސް ޓެސްޓަށް ކިޔެވުމަށް
އަހަރެން ވަރަށް މޮޅެވެ. އެހެންކަމުން ދެންއަންނަ އަންޑަސްޓޭންޑިން ޕެޑަގޮޖީ
އެންޑް ލާނިންގ ތިއަރީސް ގެ ޓެސްޓު ގައި އަހަރެން ވަރަށް ރަނގަޅަށް ހަދާނަމެވެ.)
މިސާލު: 2.
އަމިއްލަ ކަމަކުން އަސަރުކުރުވާ ދާއިމީ ގޮތުން އެ ގޮތެއްގައި ހުރުމުން ކޮންޓްރޯލް
ނުކުރެވެ އެވެ. (މަޒުމޫނުގެ ވައްތަރުތަކުގެ ސުވާލުތައް އަބަދުވެސް އަހަރެންނަށް
ވަރަށް އުނދަގުލެވެ. އެހެންވެ ދިވެހިބަހުގެ ތާރީޚުގެ އިމްތިޙާނު އަހަންނަށް
ރަނގަޅަކަށް ނުހެދޭނެ އެވެ.)
އުނގަންނައިދިނުމުގައި މޯޓިވޭޝަންތިއަރީގެ މުޙިއްމުކަން
މޯޓިވޭޝަން
ތިއަރީއަކީ އުނގަންނައިދިނުމުގައި ވަރަށް މުހިއްމު ތިއަރީއެއް ކަން ފާހަގަ
ކުރެވެއެވެ. ސަބަބަކީ، ކޮންމެ ކަމެއްވެސް ކާމިޔާބުވާނީ އެކަމެއް ޝައުޤުވެރިކަމާއެކު
ކޮށްގެން ކަމަށްވާތީއެވެ. މި ތިއަރީގެ އަލީގައި ކުދިން ފިލާވަޅުތަކަށް ޝައުޤުވެރި
ކުރުމަށް ގިނަ ކަންތައްތަކެއް ކުރެވިދާނެ އެވެ. މިގޮތުން، އުނގެނުމަކީ ކުދިންނަށް
މާނަހުރި އެއްޗަކަށް ހެދުމަށްޓަކައި ކުދިންގެ މިޒާޖާ ގުޅޭ ކުދިން ގަޔާވާ ޓާސްކުތަކެއް
ދެވިދާނެ އެވެ. އަދި ހުރިހާ ކުދިންނަށް ހަމަހަމަ ވާނެހެން ފުރުޞަތު ދެވިދާނެއެވެ.
ހަމައެހެންމެ ކުދިންގެ މަސައްކަތަށް ހިތްވަރުދިނުމަކީ ވެސް ވަރަށް މުހިއްމު
ކަމެކެވެ. އަދި ދަރިވަރުންނަށް މިނިވަންކަމާއެކު ޙަރަކާތްތެރިވެވޭނެ މާޙައުލެއް
ޤާއިމްކުރުމަކީ ވެސް ވަރަށް މުޙިއްކު ކަމެކެވެ.
No comments:
Post a Comment