Saturday, March 21, 2015

ކޮންސްޓްރަކްޓިވިޒަމް


ޢިލްމުވެރިން ދެކޭގޮތުގައި އުނގެނުމަކީ މީހެއްގެ ފަރާތުން ފޯރުކޮށްދޭން ޖެހޭ ކަމެއް ނޫނެވެ. އެއީ، އޭނާ އުޅޭ މާހައުލުންނާއި ވިސްނުމުގެ މަރުޙަލާތަކާއި ގުޅޭގޮތުން ކުރިއަރާ ބިނާވަމުންދާ ކަމެކެވެ. ފިލޯސަފަރުންނާއި، މުޤައްރަރު ފަރުމާކުރުންތެރިންނާއި ނަފުސާނީ ޢިލްމުވެރިންނާއި މުދައްރިބުންގެ ނަޒަރުގައި ދަރިވަރުންނަށް އުނގެނުމަކީ މާނަހުރިކަމަކަށް ހަދައިދީ، އަދި އުނގަނައިދިނުމަށް ފަސޭހައީ ފަރުދީ އަދި އިޖުތިމާއީ ހަރާތްތަކުގެ ތެރެއިންނެވެ.

މި ކަމަށް ބާރުއަޅާ އުނގެނުމުގެ ނަޒަރިއްޔާއަކީ ބިނާއީ (ކޮންސްޓްރަކްޓިވިޒަމް) އުނގެނުމުގެ ނަޒަރިއްޔާ އެވެ. މިއީ އަމަލީ ގޮތެއްގައި ކަންކަން ކޮށްގެން އުނގެނޭ އުނގެނުމަށް ބަރޯސާވާ ނަޒަރިއްޔާ އެވެ. މި ނަޒަރިއްޔާގައި ބަލަނީ އިންސާނުންގެ ވިސްނުންތަރައްޤީވުމަށް މެދުވެރިވަނީ ކޮންކޮން އުންސުރުތަކެއްގެ ސަބަބުންތޯ ނުވަތަ މިކަން މެދުވެރިވަނީ ކޮންކޮން ޖަޒުބާތެއްގެ ސަބަބުންތޯ އެވެ. މައުލޫމާތު ތަންޒީމުކުރުމުގެ މަރުހަލާގައި ބަލައިލެވެނީ އިންސާނުންގެ ސިކުނޑީގައި މައުލޫމާތު ރައްކާކުރުމާއި އެއްކުރެވޭ މައުލޫމާތުތައް ރަމްޒީ އޮނިގަނޑުތަކެއްގެ ގޮތުގައި ސިކުނޑީގައި ރައްކާކުރުމާއި، ސިކުނޑީގައި ރައްކާކުރެވިފައިވާ ރަމްޒީ އޮނިގަނޑުތައް މައުލޫމާތުތަކެއްގެ ގޮތުގައި ނުވަތަ ޢިލްމުގެ ގޮތުގައި ބޭރުކޮށްލެވޭ ކޮށްލުމުގެ މައްޗަށެވެ.

މި ނަޒަރިއްޔާއަށް ބައެއް ނަފުސާނީ ޢިލްމުވެރިން ދެއްވާފައިވާ ނަމަކީ "ޓްރިވިއަލް ކޮންސްޓްރަކްޓިވިޒަމް"އެވެ. އެހެނީ، މި ނަޒަރިއްޔާގައި މައިގަނޑު ގޮތެއްގައި މަސައްކަތްކުރަނީ ކުދިންގެ ކިބައިގައި ދުނިޔަވީ ކަންކަމާއި މައުލޫމާތުތައް އަށަގެންނެވުމަށެވެ.

No comments:

Post a Comment