Saturday, March 21, 2015

ބިނާއީ އުނގެނުމުގެ ނަޒަރިއްޔާ (ކޮންސްޓްރަކްޓިވިޒަމް)ގެ މަސްދަރުތައް

-        ނަފްސާނީ
ލިބިފައިވާ ތަޖުރިބާތަކުގެ އަލީގައި ކަންކަން ތަންފީޒުކޮށް، ތަންޒީމުކުޅައުމަށް ކުރެވޭ މަސައްކަތްތަކުން އިޚްތިޔާރަކާ ނުލައި ނަމަވެސް އަމިއްލަ މައުރޫފީ އޮނިގަނޑުތަކެއް ހިތުގައި ނުވަތަ ސިކުނޑީގައި އުފެއްދެއެވެ. މިގޮތުން، ނަފުސާނީ ޢިލްމުވެރިން ބަލަނީ، ފަރުދީ މައުލޫމާތު، ޤަބޫލުކުރުންތައް، ޒާތީ މަފްހޫމްތައް، އަމިއްލަވަންތަކަން ފަދަ ކަންކަމުން އެފަރާތެއްގެ ކަންކަން މާނަކުރާގޮތަށެވެ. އެއީ، މިހުރިހާ ކަމެއް އަމާޒުވަނީ އިންސާނުންގެ އެތެރޭ ނުވަތަ ނަފުސާނީ ކަންކަމާ އެވެ.

-        އިޖްތިމާޢީ
ވައިގޮޓްސްކީ ފަދަ އިޖުތިމާއީ ބިނާއީ މާހިރުން ޤަބޫލުކުރަނީ އިޖުތިމާއީ ގުޅުންތަކާއި، ސަގާފީ އާލަތްތައް އަދި ހަރަކާތްތަކަކީ ފަރުދީ ތަރައްޤީ އަދި ދަސްކުރުން ބައްޓަން ކުރާކަމެއް ކަމެވެ. އެހެން ފަރާތްތަކާ އެކު ބައިވެރިވެގެން، ގުޅިގެން ފުޅާ ދާއިރާއެއްގައި ހަރަކާތްތަކުގައި ބައިވެރިވެގެން އަމިއްލައަށް ކަންކަން ނިންމާ، ގޮތް ކަނޑައަޅައިގެން މަސައްކަތް ކުރުމުގެ ނަތީޖާ މާ ފުރިހަމަ ކަމަށް މި ދާއިރާގެ މާހިރުން ފާހަގަކުރައްވައެވެ.

ބިނާއީ އުނގެނުމުގެ ނަޒަރިއްޔާގެ ކަމުދާ ސަބަބުތައް:
ސްލޫކީ އުނގެނުމުގެ ނަޒަރިއްޔާ އެކޭ އެއްފަދައިން ބިނާއީ އުނގެނުމުގެ ނަޒަރިއްޔާގައި ވެސް ކަމުދާ ވަރަށް ގިނަ ސަބަބުތަކެއް ވެއެވެ. އޭގެ ތެރޭގައި ފާހަގަކޮށްލެވޭ ބައެއް ސަބަބުތައް ތިރީގައި އެވަނީއެވެ.
Ø      އުނގެނުމުގައިދަރިވަރުންގެދައުރުބޮޑުވުން. (ތަފާތުލާނިންސްޓައިލްއަށްފެތޭ)
Ø      އަމިއްލައަށްއުނގެނުމަށްހިތްވަރުދީއަމިއްލައަށްކަންކަންދިރާސާކޮށްދެނެގަތުމަށްބާރުއަޅައިދިނުން.
o       ވިސްނުމުގެ ފެންވަރު މަތިވުން އެކިއެކި އުޞޫލުތަކުން ކުލާސް މުއްސަނދިވުން.
o       އެހެންކުދިންނާއި މުދައްރިސާ ދެމެދުގައި ހަރުދަނާ ގުޅުމާއި މަޝްވަރާކުރުން ބޭއްވުން.
o       އެކަނި ޙައްލު ކުރަން ދަތި މަސައްކަތްތަކަށް މުދައްރިސާއި އެހެނިހެން ބައިވެރިންގެ ލަފައާއި މަޝްވަރާލިބި ފަސޭހަކަމާއެކު އެކަމެއް ވިސްނުމަށް މަގުފަހިވުން. (ޒޯން އޮފް ޕްރޮކްސިމަލް ޑިވިލޮޕްމަންޓު)
o       އުނގަންނައިދެމުންދާއިރު އުނދަގޫ އެއްޗެއް އޮޅުންފިލުވައިދޭނަމަ އެހީތެރިވެދޭ ލެވެލް ބަދަލުކުރެވި އެކުދިންގެ ވިސްނުމާއި ދޭހަވާ މިންވަރުގެ ލެވެލަކަށް ބަދަލުކުރެވޭ. (ސްކާފޯލްޑިންގ)
o       ފިލާވަޅުތަކާއި މަފްޙޫމުތައް ދިރާސާކޮށް ޚުލާޞަކުރުމަށް ހިތްވަރުދިނުން.
o       ކަންކަންދިރާސާކޮށް،ތަޙްލީލްކޮށްއަމިއްލަވިސްނުންބޭނުންކޮށްއަމިއްލަރައުޔުތައްނެރުމުގެފުރުޞަތުއޮތުން.
o       އަމިއްލަ ވިސްނުމާއި ޤަބޫލުކުރުންތައް ސައްޙަތޯ ބެލުމަށް ތަޙްލީލު ކުރެވުން.
o       އަމަލީ ގޮތެއްގައި މަސައްކަތްތަކުގައި ޝާމިލުވުމުން، ދިރިއުޅުމުގެ މުހުތާދުތަކަށް ހެޔޮއަސަރު ފޯރުން.
o       ވިސްނުން ތޫނުވުން/ ވިސްނުމުގެހުނަރު ތަރައްޤީވުން.
o       ވާހަކަދެއްކުމާއި އިޖުތިމާއީ ހުނަރުތައް ތަރައްޤީވުން.
o       ދުނިޔަވީ ކަންކަމާއި ދަސްކުރާއެއްޗަކާގުޅުވަން އެނގުން.
o       އަމިއްލައަށް ޝަޢުގުވެރިވެ ކިޔެވުމަށް މަސައްކަތްކުރުން.
o       މައްސަލަތައް ހައްލުކުރުމަށް ފަރިތަވެ އެކަމަށް ފައްކާވުން.

ބިނާއީ ނަޒަރިއްޔާގެ އެހީގައި ކިޔަވައިދިނުން
-       އިންޑަކްޓިވް ޓީޗިންގ ސްޓްރެޓެޖީސް:
މިގޮތަށް އުނގަންނައިދޭއިރު އެންމެ މުހިންމު ކަމަކީ، އުނގަންނައިދޭން ބޭނުންވާ ބައިތަކާ ގުޅޭ މުހިންމު މަޢުލޫމާތު ފޯރުކޮށްދިނުމާއި ބައިތައް ދޭހަކޮށްދިނުމަށް މަސައްކަތްތަކެއް ރޭވުމެވެ. މަޢުލޫމާތުތައް ބިނާކޮށް ދެނެގަންނާނީ ދަރިވަރުން އަމިއްލައަށެވެ.

-       ސްކާފޯލްޑިންގ
މިގޮތަށް އުނގަންނައިދޭއިރު ނަމޫނާ ދައްކައިގެން އޮޅުންފިލުވުމާއި މިސާލު ބޭނުންކޮށްގެން އުދަގޫބައިތައް ސިމްޕްލިފައި ކޮށްދިނުމާއި ކުލޫ އަދި އެހީތެރިވެދީ ފީޑްބެކް ދިނުމާއި މުހިންމު ނުކުތާތައް ފާހަގަކޮށް ހާމަކުރުމާއި މަޢުލޫމާތުތައް ބޭނުން ކުރެވިދާނެ އެހެނިހެން ޙާލަތްތަކާމެދު މަޝްވަރާކުރުން ފަދަ ދަރިވަރުންނަށް ފަހުމްވުމަށް އެހީވެދޭނެ ގޮތްތައް ކިޔައިދެވިދާނެއެވެ. މިގޮތަށް އުނގަންނައިދޭއިރު މަޢުލޫމާތު ބިނާވާނީ އިޖުތިމާޢީ މޮށެއުޅުންތަކުގެ ތެރެއިންނެވެ.


-       ކޯރޕަރޭޓިވް ލާރނިންގ އުޞޫލުތައް:
ކޯޕަރޭޓިވް ލަރނިންގ އުޞޫލުތަކުގެ ތެރޭގައި ޖިގްސޯ މެތަޑް، ތިންކިނގ ހެޓްސް، ގުރޫޕްކުރުން ނުވަތަތިންކްޕެއަރޝެއަރފަދައުޞޫލުތައްބޭނުންކުރެވިދާނެއެވެ. މިގޮތަށްއުނގަންނައިދޭއިރުވެސްމަޢުލޫމާތުބިނާވާނީއިޖުތިމާޢީމޮށެއުޅުންތަކުގެތެރެއިންނެވެ.

ކުލާސްރޫމްގައި ބޭނުން ކުރެވިދާނެ ކިޔަވައިދިނުމުގެ ބައެއް ގޮތްތައް
ގައިޑެޑް ޑިސްކަވަރީ (އެހީތެރިކަމާއެކު ހޯދުން)
ފިލާވަޅުރާވައި، މަޤްޞަދުތަކެއް ކަނޑައަޅައި، ދަރިވަރުންނަށް އެ މަޤްޞަދުތައް ޙާޞިލްކުރުމަށް އިރުޝާދުދީ މަގުދައްކައި، އެހީތެރިވެދިނުން. (ގިނަވަގުތު ސުވާލުކުރުމުގައި ހޭދަކުރުން، ވަރަށް މަދުން ނޫނީ ތަފްޞީލުކޮށް ނުދިނުން، އަދި ސުވާލުކޮށްގެން ކުދިންނަށް ވިސްނޭ ބައިތައް އެއްބައި އަނެއް ބަޔާ ގުޅުވައި އެހެނިހެން ޚިޔާލުތައް ހުށަހަޅައި، ޚިޔާލު ބަދަލު ކުރުމުގެ ފުރުޞަތު ދިނުން)


އިންކުއަރީ
މަޢުލޫމާތުތަކެއް އަމިއްލައަށް ހޯދައިގެން މައްސަލައެއް ހައްލުކުރުން. ދަރިވަރުން އަމިއްލައަށް ޙަރަކާތްތެރިވެ މަސައްކަތްކުރާ މިންވަރު އިތުރު ކުރުން.
ކޯޕަރޭޓިވް ލަރނިންގ
މިއީ 2-5 ދެމެދުގެ ކުދި ގުރޫޕްތަކެއް ހަދައި، ގުރޫޕްގައި ކަންތައްތަކެއް ހޯދައިގެން، އެކަކު އަނެކަކަށް އެހީތެރިވެދީގެން ބައިތަކެއް ނިންމަން ދިނުން. އަދި ގުރޫޕްގެ ހުރިހާ މެމްބަރުންވެސް ޙަރަކާތްތެރިކަމާއެކު މަސައްކަތްކުރޭތޯ ބަލައި މޮނީޓަރ ކުރާނީ މުދައްރިސެވެ.

ކުލާސްރޫމް ޑިސްކަޝަން
މިބާވަތުގެ ގަޑިތައް ނަގައިދޭއިރު، ބެލެވޭ އެންމެ މުހިންމު ކަމަކީ، ކުލާހަށް ހުށަހަޅާ ކަމަކާ ބެހޭގޮތުން ދަރިވަރުންގެ ޚިޔާލު ހުށަހެޅުމާއި އެހެންކުދިން ދައްކާ ވާހަކަ ކަނުލައި އަޑުއަހުމާއި އަދި އިޙުތިރާމް ނުގެއްލޭ ގޮތަށް ރީތިބަހުން ރައްދު ދިނުމާއި ކޮންމެ ކަހަލަ ޚިޔާލަކަށް ވިޔަސް އެ ޚިޔާލެއް ބަލައިގަތުން ފަދަ ކަންކަން ހިމެނޭ ގޮތަށް ކުލާސް ރޭވުމެވެ. މީގެ ސަބަބުން ދަރިވަރުންގެ ވިސްނުމުގެ ޤާބިލުކަން އިތުރުވެ، އަޑުއެހުމާއި ވާހަކަދެއްކުމުގެ ހުނަރު ވަރަށް ބޮޑަށް އާލާކުރެވޭނެއެވެ. 

No comments:

Post a Comment